ޚަބަރު

ކޯވިޑް-19 : މިއަދުގެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށްވުރެ މައްޗަށް


އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 96 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ފަހުން ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހުންނާއި، 4 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިވްވި މީހުންގެ އަދަދުވަނީ 744 އަށް އަރާފައެވެ.

މީގެ ތެރޭގައި މޮނިޓަރިންގެ ހާލަތުގައި އުޅެމުންދިޔަ ތަންތަނުގައި ދިރިއުޅެމުންދިޔަ މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއަދު ޕޮޒިޓިވްވި 96 މީހުންނާއިއެކު މިއަދު ވެފައިވަނީ މިމަހުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 234 އަށް އަރާފައެވެ. އަދި ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުމިވަނީ 510 މީހުންނަށް އަރާފައެވެ. އަދި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ 419 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އިންޑިއާ 60 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.