ޚަބަރު

ކޯވިޑް-19 : އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒިފަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއްޖެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެ ހޮސްޕިޓަލުގެ ސަޕޯޓިން ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެކެވެ. މި އެންމެންވެސް ދިރިއުޅެމުންދަނީ ހުޅުމާލޭ އެކަމަޑޭޝަން ބްލޮކްގައެވެ. މި އެކަމަޑޭޝަންގައި 47 ބިދޭސީ މީހަކު ދިރިއުޅެމުންދާއިރު، ޕޮޒިޓިވްވެފައިވަނީ އޭގެ ތެރެއިން 12 މީހެކެވެ.

މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ރެންޑަމްކޮށް ހެދުނު ސާމްޕަލްތަކުގެ ތެރެއިން ނެގުނު 10 ސާމްޕަލެއްގެ ތެރެއިންނެވެ. މިމީހުން މިހާރު އައިސޮލޭޝަން ފެސިލިޓީސްތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭޑިކޭއިން ވިދާޅުވެއެވެ. އަދި މިމީހުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒިފުންގެ ތެރެއިން ސީދާ ދިމާވި މީހުން ދެނެގަނެވި އެމީހުންވެސް މިހާރު މަސައްކަތުން އެކަހިކުރެވިފައިވާކަމަށްވެސް އޭޑީކޭއިން ވިދާޅުވެއެވެ.

އޭޑީކޭ ހޮސްޕިޓަލަކީ ޞިއްޙީ ޚިދުމަތްދޭ ތަނަކަށްވާއިރު ހޮސްޕިޓަލުގެ މުވައްޒަފެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ނުވަތަ ބަލިޖެހިއްޖެ ހާލަތެއްގައި ކަންކަން ކުރާނެ ގޮތްތަކެއް މީގެ ކުރިންވެސް ރޭވިފައިވަކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ޕޮޒިޓިވްވި މީހުންނާއި ސީދާ ދިމާވި މީހުންގެ މައުލޫމާތުވެސް އެޗްޕީއޭއާއި ހިއްސާކޮށްފައިވާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް 835 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.