ޚަބަރު

ކޯވިޑް-19 : އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 968އަށް އިތުރުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ގޯސްވާނެކަމަށް އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ލަފާކުރައްވާފައިވަނީ މިއަދުނ ްފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ދެމެދުއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޙާލަތަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލަށް ތައްޔާރުވެ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިހާރުވެސް ސަރުކާރުން ވަނީ އަޅާފައެވެ.

ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދަށްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެ ޢަދަދުތައް ދަށްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސާފްތާހިރުކަމަށް އިސްކަންދިނުމަށާއި، އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް ވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.