ޚަބަރު

ކޯވިޑް-19 : އިސް ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށް "ސައިބަރ އެޓޭކް"ކުރަނީ


ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން ރާއްޖޭގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންށް އަމާޒުކޮށް ސައިބަރ ޙަމަލާތަކެއް ދެމުންދާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި އިސް ސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން މިރޭ ފުޅާ ދާއިރާއެއްގައި ސައިބާ ޙަމަލާތަކެއް ދެމުންދާން ވަނީ ހާމަވެފައެވެ. މިގޮތުން ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖްކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނުކޮށްގެން ފޯނުތައް ހެކްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދަންނަ މީސްމީހުންގެ ނަމުގައި މިފޮނުވާ މިކޯޑުތަކަކީ ޑުބްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބަރ ޙަމަލާތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެއްވެސް މީހެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް ނުވަތަ މެސެޖެއް ކޮށްފައިވާނަމަ އެލިންކެއް ނުހުޅުވައި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުންވެސް އަންނަ މެސެޖެއްގައި އޮންނަ ކޯޑް އެއްވެސްމީހަކަށް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި މިމައްސަލަ މިހާރު ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.