ޚަބަރު

ރާއްޖެއިން އިތުރު 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1083 އަށް އަރައިފިއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން 1083 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 379 ދިވެހިންނާއި 704 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، 9 މީހަކަށް ހޮސްޕިޓަލުތަކުގައިދަނީ ފަރުވާދެމުންނެވެ. އަދި މީގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައިވެސް ފަރުވާދެމުން އެބަދެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހުން ވަނީ ބަލިން ރަނގަޅުވެފަވެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ އިތުރުވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ލަފާކުރި ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިން ޕޮޒިޓިވްވާނެކަމަށް ލަފާކުރި އަދަދު ކޮންމެވެސް މިންވަރަކަށް ދަށްވާނެކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.