ވިޔަފާރި

އައްޑޫ މަސްފެކްޓްރީގެ އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވަނީ


އައްޑު އަތޮޅު ހުޅުމީދޫގައި ޤާއިމްކުރާ
މަސްފެކްޓްރީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާ ތެރޭ
ފަށާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.



މިފްކޯއިން މައުލޫމާތުދޭ ގޮތުގައި އެތަން
އިމާރަތްކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި އެތަން ވަށާގެން ފެންސް
ޖެހުމުގެ މަސައްކަތް މާދަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 



އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ
މަރޗްމަހު ހިސާބް އެތަނުގެ މަސައްކަތްތައް ނިންމާލެވޭނެ ލަފާކޮށްފައިވާ އިރު މި ފިޝަރީޒް ކޮމްޕްލެކްސް އިން ދުވާލެއްގެ
މައްޗަށް ސަތޭކަ މެޓްރިކްޓަނުގެ ބްރައިން މަސް ފްރީޒް ކޮށް 300 މެޓްރިކްޓަނުގެ
މަސްރައްކާކުރެވޭނެއެވެ.



އަދި ފަންސާސް ޓަނުގެ އައިސް
ވިއްކުމުގެ އިންތިޒާމުވެސް މި ފެކްޓްރީގައި ހަމަޖެހިފައި ހުންނާނެއެވެ. ފަންސާސް
ޓަނުގެ މީރުފެން އުފައްދައި، ދުއިސައްތަ ފަންސާސް ޓަނުގެ ފެނާއި ދުއިސައްތަ ޓަނުގެ
ޑީސަލް ރައްކާ ކުރެވޭތަނަކަށް މިކޮމްޕްލެކްސް ވެގެންދާ އިރު މި މަސްފެކްޓަރީ
ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ މެރީނާ އަކާއި އެކު ކަމަށްވެސް
މިފްކޯއިން ހާމަކުރެއެވެ.