ޚަބަރު

ކޯވިޑް-19 : ގިނަ ރަށްތަކެއްގައި ޢީދު ނަމާދުކުރީ ޖަމާޢަތުގައި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމާ އަޅާފައިވާ ފިޔަވަޅަށް ލުއިދިނުމާއިއެކު ރާއްޖޭގެ ގިނަ ރަށްތަކުގައި ޖަމާއަތުގައި އީދު ނަމާދާއި ފަރުޟު ނާދުތައް ކުރަންފަށައިފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ލުއިދިނުމުގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންވެސް ނިންމާފައި މިވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތް ހެދުމެވެ. އެގޮތުން މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ މިމަހުގެ 22 ވަނަ ދުވަހު ވަނީ ދީފައެވެ. އަދި ފަހުން ހުއްދަ ނުދީ އޮތް 25 ރަށުގެ ޙާލަތަށް ބަލައި ރޭ ވަނީ 7 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.

އިސްލާމިކް މިނިސްޓްރީގެ މިހުއްދައާއެކު އެކި ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ ފައްޓަވާފައެވެ. މިއަދަކީ ފިތުރު އީދު ދުވަހަށްވާއިރު، އީދު ނަމާދު ގިނަ ރަށްތަކެއްގައި ކޮށްފައިވަނީ ޖަމާއަތުގައެވެ. މިއަދުގެ އީދު ޚުތުބާގައިވަނީ ރަހިމުގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. މިފަދަ ދުވަހެއްގައި ކަނޑައަޅަންވީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން ދުރުވުމުގެ އަޒުމް ކަނޑައަޅައި ކޮންމެ މީހަކުވެސް އަނެކެއްގެ ޙައްޤުތައް އަދާކުރުމަށާއި ލޯތްބާއި ކުލުނުވެރިކަމާއެކު ގުޅުންތައް ބަދަހި ކުރުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އީދަކީ އެންމެންވެސް އުފާފާޅުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ދޭންޖެހޭ ދުވަސްތަކެއް ކަމަަށާ އެއީ ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންނަށް އަންނަ ދުވަހެއް ނޫން ކަން ފާހަގަކުރައްވައި މުޖްތަމައުގައި ހިމެނޭ އެކި ފަންތީގެ މީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަށްވެސް މިހުތުބާގައިވަނީ ގޮވާލާފައެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމުން އެކަންކަމަށް ސަމާލުކަން ދިނުމަށް މި ހާލަތުގައިވެސް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމާ އަޅާފައިވާ ފިޔަވަޅަށް ލުއިދިނުމާއިއެކު ރާއްޖޭގެ ގިނަ ރަށްތަކުގައި ޖަމާއަތުގައި އީދު ނަމާދާއި ފަރުޟު ނާދުތައް ކުރަންފަށައިފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ލުއިދިނުމުގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންވެސް ނިންމާފައި މިވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތް ހެދުމެވެ. އެގޮތުން މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ މިމަހުގެ 22 ވަނަ ދުވަހު ވަނީ ދީފައެވެ. އަދި ފަހުން ހުއްދަ ނުދީ އޮތް 25 ރަށުގެ ޙާލަތަށް ބަލައި ރޭ ވަނީ 7 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.

އިސްލާމިކް މިނިސްޓްރީގެ މިހުއްދައާއެކު އެކި ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ ފައްޓަވާފައެވެ. މިއަދަކީ ފިތުރު އީދު ދުވަހަށްވާއިރު، އީދު ނަމާދު ގިނަ ރަށްތަކެއްގައި ކޮށްފައިވަނީ ޖަމާއަތުގައެވެ. މިއަދުގެ އީދު ޚުތުބާގައިވަނީ ރަހިމުގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. މިފަދަ ދުވަހެއްގައި ކަނޑައަޅަންވީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން ދުރުވުމުގެ އަޒުމް ކަނޑައަޅައި ކޮންމެ މީހަކުވެސް އަނެކެއްގެ ޙައްޤުތައް އަދާކުރުމަށާއި ލޯތްބާއި ކުލުނުވެރިކަމާއެކު ގުޅުންތައް ބަދަހި ކުރުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އީދަކީ އެންމެންވެސް އުފާފާޅުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ދޭންޖެހޭ ދުވަސްތަކެއް ކަމަަށާ އެއީ ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންނަށް އަންނަ ދުވަހެއް ނޫން ކަން ފާހަގަކުރައްވައި މުޖްތަމައުގައި ހިމެނޭ އެކި ފަންތީގެ މީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަށްވެސް މިހުތުބާގައިވަނީ ގޮވާލާފައެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމުން އެކަންކަމަށް ސަމާލުކަން ދިނުމަށް މި ހާލަތުގައިވެސް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.