ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ އަދަދު 400 އަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 16 މީހަކު ރަނގަޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެތެރޭގައި ގިނައީ ދިވެހިންނެވެ.

މިހާތަނަށް 1264 މީހުން ރާއްޖޭގައި ފަރުވާދެމުންދާއިރު މިހަފްތާގައި ބަލިން ރަނގަޅުވީކަން ހާމަކުރި މީހުންގެ ޢަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.