ސިޔާސީ

ބަނދަރުހެދުމުގެ މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ ޚަރަދުވޭ- މުއިއްޒު


ރާއްޖޭގެ އެކި
ރަށްރަށުގައި މިހާރު ހިނގަމުންދާ ބަނދަރު ހެދުމުގެ މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ
ޚަރަދުވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި
މިއަދު އޮތް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މެމްބަރަކު ކުރެއްވި
ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް
ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2012 ވަނަ އަހަރުން ފެށިގެން 52 ރަށެއްގެ ބަނދަރު ހަދައި ނިންމާފައިވާކަމަށާއި، 

މި އަހަރު 19 ރަށެއްގެ
ބަނދަރުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި މިހާރު 28 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ނަވާރަ  މަޝްރޫއެއް ފަށާފައިވާއިރު، 12 ރަށެއްގެ
ބަނދަރުގެ މަސައްކަތުގައި މިހާރު ވަނީ ސޮއިކޮށް އެކި މަރުހަލާތަކުގައި ކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. އީއައިއޭގެ މަސައްކަތް ނިމުމުން ގިނަ ރަށްރަށެއްގެ ބަނދަރުގެ މަސައްކަތް
ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އިތުރު ސަތާރަ ރަށެއްގެ ބަނދަރުގެ މަސައްކަތް ވެސް މިއަހަރު
ފެށޭވަރުވާނެކަމަށް ވެސް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން
މާލޭގެ މަގުތައް މަރާމާތުކުރުމާއި ބެހޭގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ
ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި މަގުތައް މަރާމާތުނުކޮށް
ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ވަރަށް ބޮޑަށް މަގުތައް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް މިސަރުކާރުން ރާާއްޖެއިން
ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީއާއިއެކު މާލޭ މަގުތަކުގައި އަލުން ގާ އަތުރާ
ތާރުއެޅުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މާލޭގެ
އިތުރުން އެކި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 1.1 ބިލިއަން
ރުފިޔާ ހަރަދު ކުރާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



 މަގުތައް މަރާމާތުކު



މާލޭގެ އިތުރުނ



މީގެއިތުރުން