ކުޅިވަރު

ބިލިއާޑް ޓީމް އިވެންޓްގެ ޗެމްޕިއަންކަން ސިފައިން ހޯދައިފި


 އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި.

މިމުބާރަތުގެ ޗެންޕިއަންކަން ދިވެހި
ސިފައިންގެ ކްލަބް ހޯދީ ފައިނަލްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ވާދަކޮށް ސީދާ ތިން
ގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. ކަސްޓަމްސްގެ އަލީ ފަޔާޒްއާ އިސްމާއިލް ޝަރީފްގެ ޕެއަރ އާ ވާދަކޮށް
ދިވެހި ސިފައިން ކްލަބްގެ އިބްރާހީމް ރަޝީދުއާ އިބްރާހީމް އަބްސަލް ޕެއާރ މެޗް
ކާމިޔާބުކުރީ ހައެއް ސުމަކުންނެވެ.

ކަސްޓަމްސްގެ އާދަމް ސޮލާހުއާ ހާމިދު
ފައިސަލްގެ ޕެއާރއާ ވާދަކޮށް ސިފައިންގެ ސޮއްފާން ޝާކިރުއާ ހުސެން ފަޔާޒްގެ ޑަބަލް
މެޗް ސިފައިން ކާމިޔާބުކުރީ ހައެއް އެކަކުންނެވެ. އަދި ތިންވަނަ މެޗްގައި ސިފައިންގެ
މުހައްމަދު ފަރީމްއާ ކަސްޓަމްސްގެ ޔޫސުފް ޒުބައިރު ވާދަކުރި ސިންގަލްސް މެޗް
ފަރީމް ކާމިޔާބުކުރީ ހައެއް ތިނަކުންނެވެ.

މިމުބާރާތުގެ ސިންގަލްސް އިވެންޓްގެ
ޗެމްޕިއަންކަން ހޯދީ ސްޓެލްކޯގެ އަހްމަދު ރަމްޒީއެވެ. މިބައިގެ ދެވަނަ ހޯދީ ގިޔާސްއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއިން އިންޒިޔާމްކޮށްގެން ކުރިއަށްގެންދިޔަ
މިމުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވާ މިނިސްޓްރީ އޮފް ޔޫތު އެންޑް
ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ މިއީ ރާއްޖޭގައި ވަރަށް
ފުޅާ ދާއިރާއެއްގައި ކުރިއެެރުވިދާނެ ކުޅިވަރެއްކަމަށާ ބިލިއާޑް އެސޯސިއޭޝަންއިން
މުބާރާތް ކުރިއަށްގެންދާ ސަރަހައްދުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް،
ވަރަަަށް ކައިރި މުސްތަގްބަލެއްގެ ތެރޭގައި މިތަން ބޮޑުކޮށްދެއްވާނެކަމަށެވެ.