ކުޅިވަރު

ރިސޯޓް ވޮލީ ބޯޅަ މުބާރާތް ލަކްސްއާ ކޮންރެޑް މެޗުން ފަށަނީ


އިންޓާރ ރިސޯޓް
ވޮލީ ބޯޅަ މުބާރާތުގެ ޒޯން 4ގެ ފުރަތަމަ މެޗްގައި  ކޮންރެޑް މޯލްޑިވްސްއާ ލަކްސް މޯލްޑިވްސް
ބައްދަލުކުރަން ޖެހިއްޖެއެވެ.

 ރޭ އޮތް މިމުބާރާތުގެ ގުރުއަތުލުމަށްފަހު މިޒޯންގެދެވަނަ
މެޗްގައި ބައްދަލުކުރާނީ ކޮންރެޑް މޯލްޑިވްސްއާ ސަން އައިލެންޑް ރިސޯޓް އެންޑް
ސްޕާރއެވެ. މިޒޯންގެ މެޗްތަށް ފަށާނީ މިއަންނަ މަހުގެ 1އެއްވަނަ ދުވަހު އަދި ފައިނަލް
މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 6ވަނަ ދުވަހުއެވެ.



ޒޯން އެކެއްގެ
ފުރަތަމަ މެޗްގައި ބައްދަލުކުރަނީ ވަން އެންޑް އޮންލީ ރީތިރަށާ މީރު އައިލެންޑް
ރިސޯޓް އެންސް ސްޕާރއެވެ. ޒޯން އެކެއްގެ ދެވަނަ މެޗްގައި ބައްދަލުރާނީ ކުރުނބާ
މޯލްޑިވްސްއާ ޝެރެޓަން މޯލްޑިވްސްއެވެ. ތިންވަނަ މެޗްގައި ބައްދަލުކުރާނީ ބަނޑޮސް
އައިލެންޑް ރިސޯޓް އެންޑް ސްޕާރއާ ކޮކޯ ބޮޑުހިތްޗެވެ. އަދި މިޒޯންގެ ހަތަރުވަނަ
މެޗްގައި ބައްދަލުކުރާނީ ވަން އެންޑް އޮންލީ ރީތިރަށާ ކުރުނބާ މޯލްޑިވްސްއެވެ.

ޒޯން އެކެއްގެ
ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 3ގައެވެ. މިޒޯންގެ ފައިނަލް މެޗް
ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރ މަހުގެ 19ގައެވެ. ޒޯން 1ގެ މެޗްތަށް
ކުޅުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓްއާ ވަން އެންޑް އޮންލީ
ރީތިރަށް އަދި ޝެރެޓަން މޯލްޑިވްސްގައެވެ.



މިމުބާރާތުގެ
ޒޯން ދޭއްގައި ބައިވެރިވެފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާރ ރިސޯޓާ ފިހާޅޮހި
އައިލެންޑް ރިސޯޓްއެވެ. މިޒޯންގައި ދެ ޓީމް ބައިވެރިވެފައިވުމުން ކޮންމެ
ރިސޯޓްއެއްގައި މެޗެއް ކުޅުމަށްފަހު ދެން ކުޅެވޭނީ ފައިނަލް މެޗްއެވެ. މިޒޯންގެ
ފައިނަލް މެޗް ކުޅޭނެ ވަކި ތަނެއް އަދި ވޮލީ ބޯލް އެސޯސިއެޝަންއިން ނުނިންމައެވެ.
މިޒޯންގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 6 ދުވަހު އަދި
ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރުގައެވެ.



ޒޯން 5ގެ
ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޮނޭވާފުށި ރިސޯޓްއާ އާމިލާފުށި ރިސޯޓް. އަދި ދެވަނަ
މެޗްގައި ބައްދަލުކުރާނީ ފޯ ސީޒަން މޯލްޑިވްސް އާ އަނަންތްރާ ކިހަވަށް ވިލާއެވެ.



މިމުބާރާތުގެ
ކޮންމެ ޒޯންއެއްގެވެސް ސެމީ ފައިނަލްއާ ފައިނަލް މެޗް ކުޅޭ ރަށެއް ނިންމާނީ
އެސޯސިއެޝަންއިންކަމަށާ އެގޮތަށް އެކަން ނިންމާފައިވަނީ ސެމީ އަދި ފައިނަލް
މެޗްތަކުގައި އެއްވެސް ކަހަލަ އިންތިޒާމީ މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު
ކުޑަކުރުމުގެ ގޮތުން ކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހުސެން
މުހައްމަދު ވިދާޅުވިއެވެ. އަދި ސެމީއާ ފައިނަލް މެޗް ކުޅެވޭނީ މުބާރާތް ކުރިއަށްދާ
ގޮތަށްބަލާ އެޒޯންއެއްގެ އެންމެ އިންތިޒާމްތަށް ރަގަނޅު ރިސޯޓެއްގައިކަމަށް ހުސެން
ވިދާޅުވިއެވެ.