ކުޅިވަރު

ގައުމީ މުބާރާތުގެ ފައިސާ މިހަފްތާގައި ކުލަބްތަކަށް ދޫކުރަނީ


ޕްރެޒިޓެންޑްކަޕްގައި އައްޑޫ
އަދި ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވާ ޓީމްތަކަށް މިހަފްތާގެ ތެރޭގައި
ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފި.

އެފްއޭއެމްގެ
ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ މުބާރާތް އަތޮޅު
ތެރޭގައި މިއީ ބާއްވާ ފުރަތަމަ ފަހަރުކަމަށްވެފަ، މިއީ ބޮޑު ޖެލެންޗްއެއްކަމަށެވެ.
ބައްސާމް ވިދާޅުވީ މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ ލީގްގެ ކޮންމެ ޓީމަކަށް އެފްއޭއެމްއިން ހަތްދިހަ ހާހަށް ވުރެއް ގިނަ ރުފިޔާ ދިނުމަށް
ހަމަޖެހިފައިވާކަމަށެވެ. މިފައިސާއަކީ އެކުލަބްތަކަށް ހުރުމާއި ކެއުމުގެ
ކަންތަށްތަށް ހަމަޖެއްސުމަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާކަމަށް ބައްސާމް
ވިދާޅުވިއެވެ.

ކުލަބްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ
މިދުވަސްވަރުގައި އެސަރަހައްދުގެ ކެއުމާ، ޓީމްތަށް ގޮސްތިބޭނެ ތަންތަނުގެ އަގަށް
ބާލާފަކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ އެންމެ މަތީ ފަންތީގައި ނޫންނަމަވެސް،
އެކޮމޮޑޭޝަންއާ ކެއުމުގެ ކަންތަށްތަށް އެސަރަހައްދުތަކުން އެންމެ ރަގަނޅަށް ހަމަޖެހޭނެކަމަށް
ގަބޫލް ކުރާކަމަށެވެ. ގްރޫޕް ސްޓޭޖް އަށް ކުލަބަކަށް ހަތްދިހަ ހާހަށް ވުރެެއް
ގިނައިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް ސެޓޭޖް ފަހަނައަޅާ ސެމީ
ފައިނަލް އަދި ފައިނަލަށް ދަތުރުކުރާ ޓީމަކަށް ލިބޭ ފައިސާގެ އިނާމް
ބޮޑުވާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި ގުރޫޕް ސްޓޭޖް ނިމުމުން، ކަޓަމުންދާ
ޓީމްތަށް މާލެ ގެނައުމަށްވެސް ހަމަޖެހިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ.

މިފަހަރުގެ
ގައުމީ މުބާރާތަށް މުޅި ޖުމްލަ ފަހެއް ނުވަތަ ހަ މިލިއަން ރުފިޔާ ހަރަދުވާނެކަމަށް
ގަބޫލްކުރާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަތޮޅު ތެރޭގައި ގައުމީ މުބާރާތް
ބޭއްވުމުން ކުލަބްތަކަށްވެސް އޭގެއިން ފައިދާ ކުރާނެކަމަށާ ޓީމް އެއްކޮށް
އެއްތަނެއްގައި ތިބެ ފަރިތަކުރުންތަށް ކުރިއަށްގެންދިއުމާ، ޓީމް މޯޓިވޭޓް ކުރުމަށް
ފަސޭހަވުމުގެ އިތުރުން އަތޮޅު ތެރޭގައި ކުލަބްގެ ފޯރި އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް
ބައްސާމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އެކެއްގެ
މެޗްތަށެވެ. މިގުރޫޕްގައި ހިމެނެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ބީޖީ ސްޕޯޓްސް
ކުލަބް، ޓިސީ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ކުލަބްއެވެ. އައްޑޫ ސިޓީގައި ކުޅުމަށް
ހަމަޖެހިފައިވަނީ ގުރޫޕް ދޭއްގެ މެޗްތަށް. މިގްރޫޕްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް
އެންޑް ރެކްރިއޭޝަން، ކުލަބް ވެލެންސިޔާ، ވިކްޓްރީ ސްޕޯޓްސް ކުލަބް އަދި ކުލަބް
އީގަލްސްއެވެ.