ގްރޭޑް އެކަކުން ދަރިވަރުންނަށް ޖާގަ ދިނުމުގައި ބަލާނެ އުމުރުފުރާ ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަޝްވަރާތައް ކުރަމުންދާއިރު އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުން، އޮގަސްޓް މަހަށް ފަސްކޮށްފައިވާތީ ކުރިން ޢަމަލުކުރަމުން އައި އުޞޫލުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުން ލަސްކުރުމާ ގުޅިގެން ގްރޭޑް އެކަކުން ޖާގަދިނުމަށް ބަލާނެ އުމުރުފުރާ އާއި ގުޅެގޮތުން މަޝްވަރާކުރަމުން އަންނަކަމަށެވެ.
ކުރިން ގްރޭޑް އެކަކުން ދަރިވަރުންނަށް ޖާގަދެމުން އައީ އުމުރުން 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. މިގޮތުން އެއަހަރެއްގެ މާރިޗު މަހުގެ 31ގެ ކުރިން 6 އަހަރު ފުރޭ ދަރިވަރުންނަށް ގުރޭޑް 1ން ޖާގަދެމުން ގޮސްފައިވެއެވެ.
މީގެ ކުރިން އަބަދުވެސް ދިރާސީ އާއަހަރުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން ދިރާސީ އަހަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޮގަސްޓްމަހަށް ވަނީ ބަދަލުކޮށްފައެވެ.
އައު އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި އައު ދިރާސީ އަހަރު ފެށޭނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ
ޢަސްލު
ބައެއް ކުދިން ސުކޫލަށްވައްދާއިރު އެއް އަހަރު ގެއްލޭނެ މިވާގޮތުން މިހާރު. ދެރަކަމެއް