ޚަބަރު

ކޯވިޑް-19 : މިރޭގެ ޕޮޒިޓިވް ޢަދަދު 100 އިން ދަށުގައި


ރާއްޖެއިން އިތުރު 89 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 88 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ 5 މީހަކާއި ސްރީ ލަންކާ މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 7667 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 111 މީހުންނެވެ.