ޗައިނާ އަތުން ތިނެއް ސުމަކުން ބަލިވިނަމަވެސް
މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއްކަމަށް ކޯޗް އިސްމާއިލް
މަހުފޫޒް ބުނެފި.
ރާއްޖެއާ ޗައިނާ ބައްދަލްކުރި މެޗުން ރާއްޖެ ބަލިވީ ތިނެއް
ސުމަކުންނެވެ. ރާއްޖެ ކޮޅަށް ވަން ފުރަތަމަ ގޯލަކި ކީޕަރު އިމްރާނަށް ހެދުނު
ގޯހަކުން ވަން ގޯލަކަށްވާއިރު އަނެއް ދެ ގޯލް ކާމިޔާބުކުރީ ދެ ސެޓް ޕީސްއިންނެވެ.
މެޗަށްފަހު ޓީވީއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން
ކޯޗް އިސްމާއިލް މަހުފޫޒް ބުނީ ޓީމުގެ ކުޅުންތެރިން ކުޅުނީ ގޭމް ޕްލޭނާ އެއްގޮތައް
ކަމަށެވެ. އަދި ކުޅުންތެރިން މެޗުގައި ވަރަށް ހިތްވަރުކުރިކަމަށް މަހުފޫޒް ބުންޏެވެ. ޑިފެންސިވް
ގޭމަކަށް ނުކުތް ރާއްޖެ ކޮޅަށް ވަން ތިން ގޯލަކީވެސް ރާއްޖޭގެ ޑިފެންސް ލައިން
ފޫއަޅުވާލުމަށްފަހު ޖެހި ތިން ގޯލް ނޫންކަން މަހުފޫޒް ފާހަގަކުރިއެވެ.
މެޗުގައި
ހުސްކޮށް ލިބުނު ޗާންސް ގޯލަކަށް ބަދަލުކޮށްލެވުނުނަމަ ނަތިޖާ ތަފާތުވުމުގެ ޗާންސް
އޮންނާނެކަމަށް މަހުފޫޒް ގަބޫލްކުރެއެވެ.