ޚަބަރު

ވިލުފުށިން، ކޮޅުފުއްޓަށް ދަތުރުކުރި ބޯޓެއްގެ އިންޖީން ހުއްޓި އެހީތެރިކަން ފޯރުކޮށްދީފި


ތ.ކޮޅުފުށިން އެއަތޮޅު ވިލުފުއްޓަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 7:33 ހާއިރު ރިޕޯޓް ކުރި މިހާދިސާއާގައި އެހީތެރިކަން ފޯރުކޮށް ދީފައިވަނީ "އިސްގުބާރު" ނަމަކަށް ކިޔާ ބޯޓަކަށެވެ. މިބޯޓުގައި 8 މީހަކު ތިބިިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ސެންޓަރަލް އޭރިޔާ ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު މިހާރު ބޯޓުވަނީ ކޮޅުފުށީ ބަނދަރަށް ވައްދާފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވާފައިވެއެވެ. މެޓް އޮފީހުން ވަނީ މިހާދިސާ ހިނގި ސަރަހައްދަށް މިއަދު ހެނދުނު ޔެލޯ އެލާޓްވެސް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.