ޚަބަރު

ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ފައިސާ ފޭރިގަންނަން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި


ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު މައްސަލަ އާއި ގުޅިގެން އުމުރުން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތްކުރި މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހުގެ 11:47 ހާއިރު ފުލުހުންނަށް ހުށާއަޅާފައި ވާކަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ ވީޑީއޯއިން ފެންނަގޮތުން އެ ފައިސާތައް ފޭރެން މަސައްކަތްކޮށްފައި ވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ސެކިއުރިޓީން ވަނީ ނާކާމިޔާބުކޮށްލާފައެވެ.