ކޯވިޑް-19

ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ޖެހި އަދަދު 50އަށް އަރައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާން ފަށާފައި ވާއިރު އިތުރު 50 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން، 19 މީހުންނަކީ ދިވެހިންނެވެ. އަދި 31 މީހުންނަކީ ބިދޭސީންނެވެ. މިއަދު ޕޮޒިޓވްވި މީހުންގެ ތެރެއިން 21 މީހުންނަކީ ގުރޭޓާމާލެ އޭރިއާއިން ޕޮޒިޓިވްވި މީހުންނަށް ވާއިރު، އަތޮޅުތަކުން 29 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،204އަށް އަރާފައެވެ. މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 865 އެވެ. އޭގެ ތެރެއިން، 47 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، 249 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މީހުން ދިރިއުޅޭ 10 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވް މީހުން ތިބި އިރު، 26 ރިޒޯޓެއްގައި 54 ޓުއަރިސްޓުންނާއި، 107 މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ، 11،289 މީހުންނެވެ. އޭގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 18 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވަމުން ދާތީ، ފިޔަވަޅޫތަކަށް ސަމާލުވުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ.