ޚަބަރު

ކޯވިޑް-19 : ހުޅުމާލެ ޖަލުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34އަށް


ހުޅުމާލެ ޖަލުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 34އަށް އަރައިފިއެވެ.

ހުޅުމާލެ ޖަލުން އެންމެ ފުރަތަމަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ވިދާޅުވީ، މިހާތަނަށް ހުޅުމާލެ ޖަލުން 34 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހުންގެ ކޮންޓެކްޓުން ވަރަށް ގިނަކަމަށެވެ. އެގޮތުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 ގައިދީއަކާއި 29 ޖަލު އޮފިސަރުން ފާހަގަކުރެވިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ޖަލުން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ޓެސްޓްކުރުމަށް 102 ސާމްޕަލެއް ޖަލުން ނަގާފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.