ޚަބަރު

ކޯވިޑް-19 : އައްޑޫސިޓީ ހިތަދޫން 15، ހުޅުމީދޫން 25 މީހުން ޕޮޒިޓިވް


ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އައްޑޫސިޓީގައި އުފެދިފައިވާ ކްލަސްޓަރތަކުގެ ތެރެއިން ހިތަދޫ ކްލަސްޓާއިން 15 މީހަކު އަދި ހުޅުމީދޫން 25 މީހަކު މިހާތަނަށް ޕޮޒިތިވް ވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީން މިހާތަނަށް ވަނީ 2 ކްލަސްޓަރއެއް ފާހަގަކުރެވިފައެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޓޯލްސް ކްލަސްޓަރގެ ފަރާތުންޢަބްދުﷲ މަޢުރޫފް ވަނީ އައްޑޫސިޓީގައި 2 ކްލަސްޓައެއް އޮތްކަން ފާހަކުރައްވާފައެވެ. އެ ދެކްލަސްޓާއަކީ ހުޅުމީދޫ އެމްޓީސީސީ ސައިޓްގެ ކްލަސްޓާއަކާއި ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެގެން އުފެދިފައިވާ ކްލަސްޓަރ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ހިތަދޫ ކްލަސްޓަރއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މިމަހުގެ 5ވަނަ ދުވަހު ހިތަދޫ ފުލޫ ކްލިނިކަށް ދެއްކި 2 މީހަކުކަމަށާ، ޖެހިގެންއައި 6 ފެބުރުއަރީގައިވެސް އެމީހުންގެ 2 ކޮންޓެކްޓުން ޢަލާމަތްތައް ހުރެގެން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާކަމަށެވެ. ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގދ.ތިނަދޫގައި އެމީހުންގެ ކޮންޓެކްޓެއް ހުރިކަންވެސް ފާހަގަކުރެވުނުކަމަށާ، އެނާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ތިނަދޫވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާގެ 25 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށްވެސް މަޢުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހިތަދޫ ކްލަސްޓާއިން މިއަދު އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހުންގެ ކޮންޓެކްޓުން ތަފާތު 4 ރަށެއްގައި އެބަތިބިކަމަށެވެ.

މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ވޯކްސައިޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަލާމާތް ހުރެގެން މިމަހުގެ 4ވަނަ ދުވަހު 4 މީހަކު ސާމްޕަލް ނެގުމުން ޕޮޒިޓިވްވިކަމަށާއި، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އެތަނުގައި ތިބި 56 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 19 މީހަކު މިހާރު ޕޮޒިޓިވްވެފައިވާކަމަށާ، ހުޅުމީދޫގައި މިވަގުތު 25 އެކްޓިވް ކޭސް އެބަތިބިކަމަށް މައުރޫފް ވިދާޅުވިއެވެ.

"މިދެ ކްލަސްޓަގައިެވސް އެސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަން ފާހަގަކޮށްލަން. އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ކުރެވުނު މަސައްކަތުގައި އައްޑޫސިޓިގެ ގުޅިފައިވާ ރަށްރަށުގައި އެކި ހިސާބުތަކުގައި މިމީހުންގެ ކޮންޓެކްޓްސް ތިބިކަން، އެހެންކަމުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މިދެންނެވި ކްލަސްޓާގެ އެއްވެސް ކޮންތެކްޓެއް ވާނަމަ އައްޑޫސިޓިގައި މިހާރު ޤާއިމްކުރެވިފައިވާ ހޮޓްލައިން އަދި ޓާސްކުފޯހަށް ރިޕޯޓްކުރުމަށް." މައުރޫފް ވިދާޅުވިއެވެ.

މަޢުރޫފް ވަނީ މިވަގުތު މުޅި އައްޑޫ މޮނިޓަރިންއަށް ލާފައިވާއިރު، ކޮންމެހެން ޒަރޫރިކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަސް އިލްތިމާސްކުރައްވާފައެވެ. އަދި ޒަރޫރީކަމެއްގައި ބެރަސްނުކުތްނަމަވެސް މާސްކު އެޅުމަށްވެސް އިލްތިމާސްކުރެއްވިއެވެ. މަޢުރޫފް ވިދާޅުވީ، އައްޑޫގެ 2 ކްލަސްޓާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އަދިވެސް ބަލަމުން އަންނަކަމަށެވެ.
ފަހަކަށް އައިސް ކަރަންޓީނުގައި ތިބޭ މީހުން ނޫން މީހުން އަތޮޅުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވަމުންދާކަން ވަނީ ފާހަގަވެފައެވެ.