ވިޔަފާރި

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަމަހުގެ 2ވަނަ ދުވަހު


އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ.

އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.

އުރީދޫން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 8:30އާ ހަމައަށް ޖަލްސާގައި ބައިވެރިވެލެއްވުމަށް ރެޖިސްޓަރވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:30ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާއި، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓު ލުމުގެ ފުރުސަތު ލިބޭނެކަމަށެވެސް އުރީދޫން ހާމަކުރެއެވެ.

އުރީދޫ މޯލްޑިވްސްއިން ޚިއްސާއަކަށް 2 ރުފިޔާ 34 ލާރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަަތްދޭން ފެށި ކުންފުންޏެކެވެ. އެކުންފުނީގެ 9.5 އިންސައްތަ ޙިއްސާ އާއްމުން ދީފައިވާއިރު، ބާކީ 90.5 އިންސައްތަ ހިއްސާއަކީ ޤަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ޙިއްސާއެވެ.