ދުނިޔޭގެ ވިޔަފާރި

ޔޫއޭއީއިން އިސްރާއީލްގެ ގޭސް ފީލްޑެއް ގަންނަނީ


އޫއޭއީގެ ސޮވްރިންގ ވެލްތު ފަންޑުން އިސްރާއީލްގެ ނެޗުރަލް ގޭސް ފީލްޑެއް 1.1 ބިލިއަން ޑޮލަރަށް ގަތުމަށް ނިންމައިފިއެވެ.

މިއީ މިދިޔަ އަހަރު ދެޤައުމުގެ މެދުގައި ގާތް ގުޅުމެއް އުފެއްދުމަށްފަހު ހަދާ އެންމެ ބޮޑު އެއް ވިޔަފާރީގެ އެއްބަސްވުމެވެ.

އަބޫދާބީގެ މުބާދަލާ އިންވެސްޓްމަންޓުން ވަނީ އިޒްރާއީލްގެ ގޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ތަމަރް އޮފްޝޯ ފީލްޑްގައި ހުރި ޑެލެކް ޑްރިލިންގ އެލްޕީގެ 22 އިންސައްތައިގެ ސްޓޭކް ގަތުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުން ފައިނަލައިޒް ވެއްޖެނަމަ މިއީ ދެޤައުމުގެ ދެމެދުގައި ވެފައިވާ ޖޮއިންޓް ސްޓޭޓްމެންޓް އެއްބަސްވުން ކަމުގައިވާ އަބްރަހަމް އެކޯޑްސްއަށް ފަހު ވެވޭ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުން ކަމުގައި ޑެލެކްއިން ބުނެއެވެ.

އޫއޭއީ އަކީ މިސްރާއި ޖޯޑަން އަށްފަހު އެންމެ ފުރަތަމަ އިސްރާއީލާއި ގުޅުން ބަދަހިކުރި އަރަބި ޤައުމެވެ. މިއީ މިޑްލް އީސްޓްގެ ޤައުމުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ގުޅުން ވަރުގަދަކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުން އިސްނަގައިގެން އެއްބަސްކުރުވި ކުރުވުމެކެވެ. މީގެ ސަބަބުން އިސްރާއީލްގައި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އަންނާނެކަމަށް އިސްރާއީލްގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވަޢުދުވެވަޑައިގަންނަވައެވެ.

އަބޫދާބީން މި ފީލްޑް ގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެޤައުމުގެ މުބާދަލާ ޕެޓްރޯލިއަމް މެދުވެރިކޮށްށެވެ. މުބާދަލާއިން ބުނިގޮތުގައި މިކަމުގެ ސަބަބުން އެމީހުންގެ ގޭހުގެ އިންވެސްޓްމަންޓްތައް ވަރުގަދަވާނެއެވެ.

ތަމަރްއަކީ އިސްރާއީލްގެ އައްސޭރިފަށު ރަށެއްކަމުގައިވާ ހައިފާއާއި 90 ކިލޯމީޓަރު ދުރުގައިވާ އަދި ލެވިއާތަން އަށްފަހު އިސްރާއީލްގެ އެންމެ ބޮޑު ފީލްޑެވެ. މި ފީލްޑުން އިސްރާއީލް، ޖޯޑަން އަދި މިސްރަށް ގޭސް ފޯރުކޮށްދެއެވެ.