ސިއްހަތު

'ކެއަރ ގިވަރ'ގެ ނަމުގައި ފުވައްމުލަކުގައި ވޯކްޝޮޕެއް ފަށައިފި




އުމުރުން
ދުވަސްވީ މީހުންނަށް  އަޅާލުމާއި އޯގާތެރިކަންދީ އުފާވެރި ދިރިއުޅުމެއް
ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ޚާއްސަ ވޯކްޝޮޕެއް
ފުވައްމުލަކުގައި ފަށައިފިއެެވެ.



އުމުރުންދުވަސްވެ އެދުމަތި ވެފައިވާ ފަރާތްތަކަށް ބޭނުންވާ
ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތަކުގެ އާއިލާތަކަށާއި ޞިއްޚީ ޚިދުމަތް
ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ އެ މިނިސްޓްރީއާއި، އޭޖްކެރ
މޯލްޑިވްސް އަދި ޏ.ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ވޯކުޝޮޕެއް ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

 'ކެއަރ ގިވަރ'ގެ ނަމުގައި ކުރިއަށްގެންދާ
ވޯކްޝޮޕްގައި، ބަލިމީހުން ބެލެހެއްޓުމާއި، އެފަރާތްތައް
ސާފްކުރުމުގެ އިތުރުން އުމުރުންދުވަސްވުމުން ދިމާވާ ތަފާތު އެކި ބަލިތަކާއި ގުޅޭ
މަޢުލޫމާތު ބައިވެރިންނަށް ދެވިގެން ދާނެކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ތަފާތު ދާއިރާތުކުންނާއި އެކި އާއިލާތަކުން 38 ބައިވެރިންނާއިއެކު ކުރިއަށްގެންދާ މިވޯކްޝޮޕްގައި މަޢުލޫމާތު
ދެއްވަނީ މިކާމާއި ގުޅުން ހުރި ދާއިރާތަކުގެ ތަޖްރިބާކާރުންނެވެ.



މި ވޯކްޝޮޕުގެ އިތުރުން، މިނިސްޓްރީ
އޮފް ލޯ އެންޑް ޖެންޑަރ އާއި އެޖްޑް ކެއަރ މޯލްޑިވްސް އާއި ޏ.ފުވައްމުލަށް
ހޮސްޕިޓަލް ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގައި ވަނީ ހެލްތް ސްކްރީނިން
ޕްރޮގްރާމެއްވެސް ބާއްވާފައެވެ. މިހެލްތް ސްކްރީނިން ޕްރޮގްރާމްގައި އުމުރުންދުވަސްވީ
މީހުންނާއި އަދި މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެފައިވާ
މީހުންނަށް އެކަމާއި ގުޅޭ ޓެސްޓްތަކާއި ފަރުވާ ދެމުންދާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ހެލްތް ސްކްރީނިންގ ގައި ބަލި މީހުން ބައްލަވަނީ ކުޑަކަމުދާ ނިޒާމުގެ ޙާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑރ.އަހްމަދު އަޝްރަފެވެ.