ސްޕެނިޝް ލީގުގެ ސެވިއްޔާއަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
ކޮއުންޑަ ބާރސާއަށް ސޮއިކޮށްފައިވަނީ 42 މިލިއަން ޕައުންޑްގެ އަގަކަށްކަމަށް ހަބަރު ލިބެއެވެ.
ކޮއުންޑަ އަކީ ކުރިއަށް މިއޮތް ސީޒަނަށް ބާރސާއިން އެޓީމް ވަރުގަދަ ކުރުމުގެ ގޮތުގް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއެވެ. ބާރސާއަށް ސޮއިކުރުމަށްފަހު ކޮއުންޑަ ހާމަކުރިގޮތުގައި އޭނާ މިނިންމުން ނިންމުމަށް މާބޮޑަށް ވިސްނާކަން ނުޖެހުނު ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި އޭނާއަށް އިތުރު ހުށަހެޅުމެއްވެސް ލިބިފައިވި ކަމަށާއި ނަމަވެސް އޭނާ މަޑުކުރީ ބާރސާއިން ސެވިއްޔާއާއެކު އެއްބަސްވުމަކަށް އައްނަންދެން ކަމަށެވެ. އޭނާއަށް ލިބުނު ދެ ހުށަހެޅުމަށް ބަލާލުމާއެކު އޭނާ ދާން ބޭނުންވަނީ ބާރސާއަށް ކަން އެންމެ ފުރަތަމައިންވެސް އޭނާއަށް ނިންމުނު ކަމަށެވެ. ކޮއުންޑަ ބާރސާއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ. އަދި އުމުރުން 23 އަހަރުގެ މިކުޅުންތެރިޔާގެ އެގްރީމަންޓްގައި ބައި އައުޓް ކްލައުސްގެ ގޮތުގައި 837 މިލިއަން ޕައުންޑް ހިމަނާފައިވެއެވެ.
ކޮއުންޑަ ހާމަކުރުގޮތުގައި ބާރސާއަށް އާދެވުމުން އޭނާ މިހިރީ ވަރަށް ހިތްހަމަ ޖެހި އުފަލުން ކަމަށެވެ. އަދި އޭނާއަށް މިއާދެވުނީ މުސްތަގްބަލާމެދު އުންމީދުން ފުރިފައިވާ ޓީމަކަށް އޭނާގެ ވަރަށް ގިނަ އުންމީދު ތަކަކާވެސް އެކުކަމަށެވެ. ބާރސާގެ ޑިރެކްޓަރ އޮފް ފުޓްބޯލް މެތިއު އަލެމަނީ ހާމަކުރުގޮތުގައި ކޮއުންޑަ ގެ އެޖެންޓް މިއެއްބަސްވުން އަވަހަށް ނިންމުމަށް ބޭނުން ވެފައިހުރިލެއް ބޮޑު ކަމުން ކޮންމެ ދުވަހަކު ދިޔައީ ގުޅަމުންކަމަށެވެ.
ކޮއުންޑަގެ އިތުރުން އާ ސީޒަނަށް ބާރސާއިންވަނީ ޕޯލަންޑްގެ ރޮބަޓް ލެވަންޑޯސްކީ، ބްރެޒިލްގެ ރަފީނިއާ، ކޯޓެޑިއުއަރގެ ފްރޭންކް ކޭސީ އަދި ޑެންމާކްގެ އެންޑްރިއާސް ކްރިސްޓެންސެން އެކްލަބަށް ގެންގޮސްފައެވެ. އަދި އުސްމާން ޑެންބެލޭ ވަނީ އެޓީމާއެކު އަލުން ކޮންޓްރެކްޓް އާކޮށްފައެވެ. އެހެން ކަމުން ކުރިއަށް އޮތް ސީޒަންގައި ބާރސާގެ ފަރާތުން ވަރުގަދަ ޓީމެއް ފެނިގެންދާނެކަމަށް މިހާރު ވަނީ ގަބޫލް ކުރެވިފައެވެ.