ދުނިޔޭގެ ވިޔަފާރި

ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދަށް އަސަރެއް ނުކުރާނެ: ޓައިވާން


ޗައިނާއިން ޓައިވާނާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ އިޤްތިޞާދަށް މާބޮޑު އަސަރެއް ކުރާނެކަމަށް ނުބެލެވޭކަމަށް ޓައިވާނުގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ދެ ޤައުމުގެ އިޤްތިޞާދުގައިވެސް އިލެކްޓްރޯނިކްސް ސިނާއަތަކީ އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ސިނާއަތެއް ކަމަށާއި، ޗައިނާއަށް އިމްޕޯޓްކުރާ އިންޓަގްރޭޓެޑް ސާކިއުޓްތައް އެންމެ ގިނައިން އިމްޕޯޓުކުރާ ޤައުމަކީ ޓައިވާންކަމަށް މިނިސްޓްރީގެ ޗީފް ސްޓެޓިސްޓިޝަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މިދިޔަ ހަފްތާގައި ބެއިޖިން އާއި ޓައިޕޭގެ ހަމަނުޖެހުން އިތުރަށް ގޯސްވެ، ޗައިނާއިން ޓައިވާނަށް މިސައިލްތައް ފޮނުވުމާއި ގުޅިގެން ދަނޑުވެރިކަމުގެ ވިޔަފާރިއާއި އިމާރާތްކުރުމުގެ ވިޔަފާރި ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޓައިވާނުން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ވިޔަފާރީގެ ޑޭޓާ ހީކުރި ވަރަށް ވުރެ ވަރުގަދަ ކަމަށާއި، މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ޖުލައި މަހު އެކްސްޕޯޓް ކުރިއެރުން %14.2 އިތުރުވެފައިވާ ކަމަށެވެ. މީގެއިތުރުން ޖުމްލަ ޝިޕްމަންޓްތައް 43.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ރެކޯޑް ކުރެވުނު ދެވަނައަށް އެންމެ ބޮޑު އަދަދުކަމަށް އެ ޤައުމުން ބުނެއެވެ.