ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގު ކޮލިފައިން: އާސެނަލާއި އަޔަކްސް އެއްވަރު


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގު ކޮލިފައިންގައި އާސެނަލާއި އަޔަކްސް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ޖަހާ ލިޑު ނަގާފައިވަނީ އަޔެކްސް އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ރޮމީ ލެއުޗަރ އެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން އާސެނަލުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސްޓިނާ ބްލެކްސްޓެނިއަސްއެވެ.

މެޗްގެ 57 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ލީޑު ނަގައިދިނީ ކެޕްޓަން ކިމް ލިޓްލްއެވެ. ނަމަވެސް މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ލެއުޗަރ ވަނީ މި މެޗްގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި އަޔެކްސްގެ ދަނޑުގައެވެ. މެޗުން މޮޅުވާ ޓީމެއް ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރުހަލާއިން ޖާގަ ލިބިގެންދާނެއެވެ.