ކުޅިވަރު

ވިމެންސް ސުޕަ ކަޕް: ސިޓީ ބަލިކޮށް ޗެމްޕިއަން ޗެލްސީއަށް ފުރަތަމަ މޮޅު


އިންގްލަންޑް އެފްއޭ ވިމެންސް ސުޕަ ކަޕުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން މިފަހަރުގެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޗެލްސީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގެ ބޮޑުބައި ސިޓީން މޮޅަށް ކުޅެފައިވީ ނަމަވެސް އެޓީމްގެ ޑިފެންސްގައި ހެދުނު ގޯސްތަކެއްގެ ފައިދާ ޗެލްސީން ވަނީ ފުރިހަމައަށް ބޭނުންކޮށްފައެވެ.

މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކަރބީއެވެ. އަދި ދެވަނަ ލަނޑު 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މަރެން މިޔެލްޑަރއެވެ. މި މެޗްގައި ލަނޑުޖަހާނެ ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ޗެލްސީން މިވަނީ މިފަހަރު ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗްގައި ބަލިވެފައެވެ. އަދި ސިޓީން މިވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.