އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސްއާ ދެކޮޅަށް ކުޅުނު މެޗު ކްލީވްލަންޑް ކެވެލިއާސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ކެވެލިއަރސް ކާމިޔާބުކޮށްފައިވަނީ 114 ޕޮއިންޓް 106 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކެވެލިއަރސްގެ ޑޮނޮވަން މިޝޭލްވަނީ 36 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 45 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި އިންޑިއާނާ ޕޭސަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ. މިމެޗްގައި ޕޭސަރސްގެ ޓައިރީސް ހެލިބަރޓަންވަނީ 33 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްގެ ޛެސަން ޓެޓުމްވަނީ 41 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ބްރޫކްލިން ނެޓްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 143 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 23 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދަދީ 6 ރީބައުންޑް ނަގާދީ 2 އެސިސްޓް ދިން ޖޭމްސް ވައިސްމަންއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 105 ޕޮއިންޓުން ކްލިޕަރސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.