އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ 121 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖޭލެން ބްރައުން ވަނީ 36 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 3 އެސިސްޓް ދީފައެވެ. އަދި ވުލްވްސްގެ އެންތަނީ އެޑްވާރޑްސްވަނީ 30 ޕޮއިންޓް ހޮދާދީ 6 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 24 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 26 ޕޮއިންޓް ހޮދާދީ 13 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ޕޯޓްލަންޓްލަންޓް ޓްރެއިލްބްރޭޒަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 29 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 11 އެސިސްޓްކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒަރސްގެ ޑާމިއަން ލިލާޑްވަނީ 34 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.