އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންދް ހޯވް އެލްބިއަންއަށް ކުޅެމުންދާ އިންގްލަންޑްގެ އެޑަމް ލަލާނާ އެޓީމާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މި އާއެއްބަސްވުމުގެ ދަށުން ލަލާނާ އެކްލަބްގައި 2024ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.
އުމުރުން 34 އަހަރުގެ ލަލާނާ ބްރައިޓަން އާިއ ގުޅިފައިވަނީ 2020 ވަނަ އަހަރު ލިވަޕޫލުން ފްރީ ޓްރާންސްފަރއެއްގައެވެ. ލަލާނާ މިހާތަނަށް ވަނީ ބްރައިޓަންއަށް 74 މެޗް ކުޅެދީ ހަތަރު ލަނޑު ޖަހާދީފައެވެ. އަދި މިސީޒަންގައި އެޓީމުން ހޯދަމުންދާ ކާމިޔާބީތަކުގައި ލަލާނާގެ ދައުރުވެސް ވަރަށް ބޮޑެވެ. ލާލާނާ ހާމަކުރިގޮތުގައި ކްލަބުންވެސް އޭނާ ބަހައްޓަން ބޭނުންވެފައިވާވަރު ފެނުމުން ވަރަށް އުފާވި ކަމަށެވެ. އަދި މަޑު ކުރަން ނިންމީ ކްލަބުން ބޭނުންވެފައިވާ މިންވަރު ހާމަވުމުގެ އިތުރުން ބަރައިޓަންގެ ހިންގުންތެރިކަން ފުރިހަމަ ކަމުންކަމަށެވެ.
ބްރައިޓަންގެ ކޯޗް ރޮބާރޓޯ ޑި ޒަރބީ ހާމަކުރިގޮތުގައި ލަލާނާ އިތުރު އެއް އަހަރު އޭނާގެ ޓީމްގައި މަޑުކުރަން ނިންމުމުން ވަރަށް އުފާވާކަމަށެވެ. އަދި ލަލާނާ އާއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާ އާއި ކްލަބަަށްވެސް ލިބޭ ޝަރަފެއްގެ ގޮތުގައި ޒަރބީ ސިފަކުރިއެވެ.