ކުޅިވަރު

ކުޅުދުއްފުށީ ސްކޭޓް ޕާކް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފި


ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވެ. ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޖަލީލް އެވެ.

ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ 1،722،600.00 (އެއް މިލިޔަން ހަތްލައްކަ ބާވީސް ހާދް ހަސަތޭކަ ރުފިޔާ) އަށެވެ. މި މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.