ކުޅިވަރު

ހޯރަފުށީ ޓާފް ދަނޑުގައި ލައިޓް ޖެހުމުގެ މަޝްރޫއު ނިންމާލައިފި


ހއ. ހޯރަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ނިމި، ދަނޑު ދިއްލާލައިފިއެވެ.

120 ދުވަހަށް ބަހާލައިގެން ކުރިއަށްދިޔަ މި މަޝްރޫއުގައި ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ވެލޮ ސިޓީ ސްޕޯޓްސް އެކުޕްމެންޓްސްއާ ހަވާލުކުރެވިގެންނެވެ. އެ ދަނޑުގައި ލައިޓް ހަރުކުރެވި ޓެސްޓު ކުރުމަށްފަހު މިހާރު ވަނީ ޒުވާނުންނަށް ރޭގަނޑުވެސް ކުޅެވޭނެ ގޮތަށް ހަމަޖެހިފައެވެ.

ހޯރަފުށީ ދަނޑުގައި ލައިޓް ހަރުކުރިއިރު، އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް އެކަނިވެސް ސަރުކާރުން ވަނީ ތިން މިލިޔަން ފަސް ލައްކަ ފަސްދޮޅަސް އެއްހާސް ތިންސަތޭކަ އެއް ރުފިޔާ ހަތް ލާރި ޚަރަދުކޮއްފައެވެ.

އަދި ހޯރަފުށީ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ސަބް ބޭސް މަސައްކަތަށް ދެ މިލިޔަން ފަސް ލައްކަ ތިރީސްހާސް އެގާރަ ރުފިޔާ އައްޑިހަ ދެ ލާރި ވަނީ ޚަރަދުކޮއްފައެވެ. ސަބްބޭސް މަސައްކަތް ނިންމާލާފައިވަނީ 60 ދުވަހުގެ ތެރޭގައެވެ.