ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އުރުގުއޭއިން އިރާގު ބަލިކޮށްފި


އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ އަންޑަރ ޓުވެންޓީ ވޯލްޑް ކަޕްގެ ގްރޫޕް އީގައި އުރުގުއާއި އާއި އިރާގް ބައްދަލުކުރިމެޗް އުރުގުއޭއިން ކާމިޔާބުކޮށްފިއެވެ.

ލަ ޕްލާޓާގައި ކުޅުނު މިމެޗް އުރުގުއާއި އިން ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އުރުގުއާއި ގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަތިއަސް އަބަލްޑޯއެވެ. އުރުގުއޭގެ ދެވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފޯވަޑް އަންޑްރޭސް ފެރާރީއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑަކީ އިރާގްގެ ކީޕަރ ހުސެއިން ހަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗްގައި އުރުގުއޭގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ޑިފެންޑަރ އެލެން މަޓޫރޯއެވެ. މިކާމިޔާބީއާއެކު ގްރޫޕް އީގައި އުރުގުއާއި މިހާރު އުޅެނީ ތާވަލްގެ އެއްވަނައިގައެވެ.

ހަ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާ މިމުބާރާތުގައި 24 ޓީމުން އަންނަނީ ވާދަކުރަމުންނެވެ.