ޚަބަރު

ރައްޔިތުންގެ ޝަކުވާތަކަށް ސްޓެލްކޯއިން އިޖާބަދީ، ބިލުތަކާއި ގުޅޭ ޝަކުވާ ހުށައަޅަން ހުޅުވާލައިފި


  • 7788438 އަށް ވަޓްސްއެޕާއި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެ

  • [email protected] އަށްވެސް ޝަކުވާ ހުށައެޅޭނެ

  • ޝަކުވާތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް ދަނީ މަސައްކަތް ކުރަމުން

ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހުޅުވާލައިފިއެވެ.

ކަރަންޓު ބިލާއި ގުޅޭ ޝަކުވާ ހުށައަޅަން ސްޓެލްކޯއިން ހުޅުވާލާފައި މިވަނީ މިދިޔަ މަހު ގޭބިސީތަކަށް ސްޓެލްކޯއިން ފޮނުވި ކަރަންޓު ބިލާއި ގުޅޭގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސްޓެލްކޯއިން ބުނީ ބިލު ބޮޑުވުމާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ، އެ ކުންފުނީގެ ކަސްޓަމަރ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގުރާމް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ ކުންފުނީގެ އީމެއިލް [email protected] އަށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ބިލު ބޮޑުވުމާއި ގުޅިގެން ހުށައަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.