ޚަބަރު

ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ބޭއްވި ސިމްޕޯސިމް ނިންމާލައިފި


  • މިއީ މި ސިމްޕޯސިއަމް ކުރިއަށްގެންދިޔަ 3 ވަނަ އަހަރު

  • މިއީ އެންސީއައިޓީން ކުރިއަށް ގެންދިޔަ ސިމްޕޯސިއަމްއެއް

ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް ނިންމާލައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުގެ މަހަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ މަހެވެ. މި މަސްތެރޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ގޮތުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލަޖީން ވަނީ ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް ސިމްޕޯޒިއަމްއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ އެންސީއައިޓިން މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔަ 3 ވަނަ ފަހަރެވެ.

މި ސިމްޕޯޒިއަމްގެ ފުރަތަމަ 3 ދުވަހު ވަނީ އާރޓިފިޝަލް އިންޓަލެޖެންސް އަދި ސްމާޓް ޓެކްނޮލަޖީއަށް ދޭ އަހައްމިޔަތުގެ މައްޗަށް މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މައިކްރޯ ސޮފްޓެގ ސައިބަރ ސެކިއުރިޓީއަށް ޚާޢްސަ ބޭފުޅަކު ވަނީ މައިކްރޯ ސޮފްޓް އެންމެ ރައްކާތެރިކޮށް ބޭނުންކުރަން އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި، އަދި ޢާންމު ރައްޔިތުންނަށެވެ.

ޖެހިޖެހިންގެ 3 އަހަރު އެންސީއައިޓީން މި ހަރަކާތް ކުރިއަށް ގެންދިޔަނަމަވެސް އަންނަ އަހަރުން ފެށިގެން ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއަށް މި ޒިންމާ ޙަވާލުކުރުމަށް އެންސީއައިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންސީއެސްއޭ އިން ސައިބަރ ސެކިއުރިޓީގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޤައުމަށް ވަރުގަދަ އަދި މުސްތަޤްބަލަށް ފެތޭ ޑިޖިޓަލް މާޙައުލެއް އުފެއްދުމަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.