ޚަބަރު

ރަމަޟާންމަހު އެމްޓީސީސީގެ ފެރީއާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް


  • ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރު

  • ދަންވަރު 12:00 ޖަހަންދެން ބަސް ދަތުރުކުރާނެ

  • ރަމަޟާން މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ނުކުރާނެ

މިރަމަޟާންމަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައ،ި މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދ،ި ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:20 ގައެވެ. މި ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މާލޭތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާއިރ،ު އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފަށާނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދ،ި އިރުއޮއްސި 6:00 އަށް ދަތުރުތައް މެދުކަނޑާލުމަށްފަހ،ު ދަތުރުތައް ދެން ފަށާނީ ރޭގަނޑު 9:00 ޖަހާއިރުއެވެ. މިރޫޓުތަކުގެ ދަތުރުތައްވެސް ރޭގަނޑު 12:00 ޖަހަންދެން ކުރިއަށް ދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ބަސް ދަތުރުތަކުގެ އިތުރުން ފެރީގެ ޚިދުމަތްދޭ ގަޑިތަކަށްވެސް މިރަމަޟާންމަހުވަނީ ބަދަލުގެނެސްފައެވެ.
އެމްޓީސީސީން 20 އަތޮޅު 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ގެންދަނީ ދަތުރުތައް ކުރަމުންނެވެ. ފެރީގެ ޚިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، މިރަމަޟާންމަހު ދަތުރުތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިރަމަޟާމަހު އާރްޓީއެލް ފެރީ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައ،ި ކޮންމެ
ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރެވިފައިވާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުމެވެ.