މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޕާސްޕޯޓު ޙައްޖު ކޯޕަރޭޝަނާ ހަވާލުކުރަން އެދިއްޖެއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިފާޅުވީ މި އަހަރުގެ ޙައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އިދާރީ މަސައްކަތްތަކުގެ ތެރެއިިން ޙައްޖަށް ދާ ބައެއް ފަރާތްތަކުން އަދިވެސް ޕާސްޕޯޓު ހުށައަޅާފައިނުވާތީ ދަތިތަކެއް ދިމާވަމުން އަންނަކަމަށް ޝަކީލު ވިދާޅުވިއެވެ.
ޝަކީލު ވިދާޅުވީ އަންނަ ހަފުތާގައި ޙައްޖު ވިސާ ހޯދަން ހުޅުވާލާއިރު، އޭގެ ކުރިން ދިފާއިވާ މުއްދަތުގައި ޕާސްޕޯޓް ހަވާލު ނުކުރާ ފަރާތްތަކަށް، ވިސާ ލިބުމުގައި ދަތިތައް ދިމާވުން އެކަށީގެންވާކަމަށް ޝަކީލު ވިދާޅުވިއެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެ ޙައްޖު ވިސާ ނުލިބިއްޖެނަމަ، ޙައްޖަށް ދިއުމުގެ ފުރުޞަތު ގެއްލިދާނެކަމަށް ޝަކީލު ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވީ އެންމެ އަވަހަކަށް ޕާސްޕޯޓު ހަވާލުކުރުމަށް ޙައްޖު ކޯޕަރޭޝަނުން އެދެއެވެ.
މި އަހަރުގެ ހައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ހަައްޖު ކޯޕަރޭޝަނުން ކުރަމުންދާއިރު މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންގެ ޕާސްޕޯޓް ހައްޖު…
— Mohamed Shakeel 🇲🇻 (@schakyyl) March 29, 2025
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ކުރިއަށް އޮތް ޖޫން މަހުގެ 5 ވަނަ ދުވަހާއެވެ. ރާއްޖެއިން މި އަހަރު ޙައްޖަށްދާ ދިވެހިން ސަޢޫދީއަށް ދަތުރުކުރަން ފަށާނީ މޭ މަހުގެ 26 ވަނަ ދުވަހުން ފެށިގެންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރު ޙައްޖަށް ދެވޭނެކަމަށް ކިޔުގައި ކަނޑައަޅާފައިތިބި އެންމެންނަށްވެސް މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެހެންކަމުން މިއީ އަހަރުތަކަކަށްފަހު އެ އަހަރެއްގެ ކިޔުގައި ތިބި އެންމެންނަށް ޙައްޖަށްދެވޭ ފުރަތަމަ ފަހަރެވެ.