މާދަމާ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް 24 ގަޑިއިރު، އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި، ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރައްވައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ.
މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރައްވަނީ އަންނައާދިއްތަ ދުވަހުގެ މެންދުރުފަހުން ފެށިގެންނެވެ.
މިދިޔަ 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއްވި ނަމަވެސް، އަދި މިހާތަނަށް އެއްވެސް ރަށަކަށް އުދަ އަރައިގެން އަދި ވިއްސާރައިގެ ސަބަބުން ގެއްލުން ވެގެން ރިޕޯޓުކޮށްފައިނުވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.