ގައުމީ ސަރފިންގ ޓީމު އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރަފިއެވެ.
މިއަދު ފުރި ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ. މީގެ ތެރޭގައި 3 ފިރިހެން އެތުލީޓުންނާއި 3 އަންހެން އެތުލީޓުން އަދި 3 ޖޫނިއަރ އެތުލީޓުން ހިމެނެއެވެ. މިއަހަރަކީ އަންހެން ޓީމު މި މުބާރާތުގައި ބައިވެރިވެވުމަށް ބޭރަށްދާ ފުރަތަމަ އަހަރެވެ.
މި ފަހަރުގެ ގައުމީ ސަރފިންގ ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ. މީގެ ތެރޭގައި 3 ފިރިހެން އެތުލީޓުންނާއި، 3 އަންހެން އެތުލީޓުން އަދި 3 ޖޫނިއަރ އެތުލީޓުން ހިމެނެއެވެ. މިއީ އަންހެން އަދި ޖޫނިއަރ ޑިވިޝަންގެ އެތުލީޓުން އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ތައިލެންޑްގެ ފުކެޓްގައެވެ. އޭގެ ފަހުން ދެވަނަ އަދި ތިންވަނަ އަހަރު މި މުބާރާތް ބޭއްވީ ރާއްޖޭގައެވެ. މިއަހަރުގެ މުބާރާތް އޮގަސްޓް 3 އިން 12 އަށް ކުރިއަށްދާނީ އިންޑިއާގައެވެ.
ސާފިންގ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާއެކު، ދިވެހި ސަރފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެކަމަށެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުވާ ބޮޅެކެވެ.
ގައުމީ ސަރފިންގ ޓީމުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް އިން އަންނަނީ ސަރފިންގ އެސޯސިއޭޝަން އަށް އެހީތެރިވަމުންނެވެ.
މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.