ޚަބަރު

ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް


  • ސްކޭމް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތައް އެޕްލިކޭޝަނުން ފެންނާނެ

  • ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ބަލައިލެވޭނެ

ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ސައިބަރ ސްޕޭސް މެދުވެރިކޮށްކުރާ ކުށްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކާއި، އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާކަމަށެވެ.

އަޒީފް ވިދާޅުވީ، މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކެއް އުޅޭނަމަ އެއާގުޅޭ މަޢުލޫމާތުތައް ފެންނަން ހުންނާނެކަމަށެވެ. އަދި ވަކި މެތަޑެއް ބޭނުންކޮށްގެން ސްކޭމްގެ އަމަލެއް ހިންގިނަމަވެސް އެއާ ގުޅޭ މަޢުލޫމާތުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޒީފް ވިދާޅުވީ، އެޕްލިކޭޝަން ލޯންޗުކުރެވިގެންދިއުމާއެކު ކޮންމެ 8 ގަޑިއިރަކުން 8 ގަޑިއިރަކަށް މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުން ދާނެކަަމަށެވެ.

"މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން އިތުރުން ސްކޭމް ކޯލެއް އިތުރު މީހަކަށްއައީ. މި ސްކޭމް ކޯލް އަންނަ ފަރާތުން އަޅުގަނޑުމެންނަށް އެ އިމްޕޯޓް އެބަ ކޮށްލެވޭ ޑޭޓާ. އެއަށްފަހު އަޅުގަނޑުމެން އޭތި ވެރިޑޭޓް ކޮށްފަ ޕަބްލިޝް ކުރާނަން. އެޕްގަ ހަމަ ސަރޗް ކޮސްލީމަ ހުރިހާ ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މި އެޕް އަޅުގަނޑުމެން މި ލޯންޗުކުރަނީ." އަޒީފް ވިދާޅުވިއެވެ.

މައްސަލަތަކުގެ ގެ އަޕްޑޭޓެއް ނުުލިބުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެއްކަން ފާހަގަކުރައްވާ އަޒީފފް ވިދާޅުވީ، މި އެޕްލިކޭޝަންގެ ތެރެއިން އެކަމަށްވެސް ހައްލު ލިބިގެންދާނެކަމަށެވެ. އަދި ކޮންމެ މީހަކުވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެކަމަށާއި، މުޢާމަލާތްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޒީފް އައްބާސް ވިދާޅުވީ، ސައިބަރ ކްރައިމް ސެންޓަރ އަށް ހުށަހެޅޭ މައްސަލަތުގެ ތެރެއިން އާންމުކޮށް އެންމެ ގިނައިން ފާހަގަވަނީ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައްކަމަށެވެ.