ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް، ސަމާލުވޭ!


  • މިހާރު މިކުރާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުން ކުރާ ވިއްސާރައެއް

މިއަދު މެންދުރުން ފެށިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި ބައެއް ރަށްރަށަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި، ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ، ހއ. އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މެންދުރު ފަހު 2 ޖެހުމާ ހަމައަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާ ހަމަކުރުމާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސް ކުރައްވާފައެވެ.