ކުޅިވަރު

ވަލްވާޑޭ އަށް މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުޅަހަޅަނީ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ފްރެޑްރިކޯ ވަލްވާޑޭ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ސްޕޭނުގެ މީޑިއާތައް ބުނާ ގޮތުން ވަލްވާޑޭ ވިއްކާލަން ރެއާލް މެޑްރިޑުން ކިޔާނެ އަގު 100 މިލިއަން ޔޫރޯ އަށް ވުރެ ބޮޑުވާން އެވެ. ނަމަވެސް 80 މިލިއަނަށް އޭނާ ގަނެވިދާނެ ކަމަށް ޔުނައިޓެޑް އުއްމީދު ކުރަނީ ކުޅުންތެރިޔާ އެ ގޮތް ބޭނުންވެދާނެ ކަމަށް ދެކިގެންނެވެ. ސަބަބަކީ އޭނާ އާއި ރެއާލްގެ ކޯޗު ޒަބީ އަލޮންސޯއާ ދެމެދު އޮތެ ގުޅުން ރަނގަޅު ނުވުމުންނެވެ.

ހުސްވި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމާ ހަވާލުވި އަލޮންސޯ އަށް ވަލްވާޑޭ ކުޅެން ބޭނުންވާ މަގާމުތަކަށްވުރެ ބޮޑަށް އިސްކަން ދެވެނީ ތަފާތު މަގާމުތަކަށް އޭނާ ލައްވައި ކުޅުވުމަށެވެ. މި ގޮތުން ކަނާތު ބެކަށް ކުޅުވާ މައްސަލައަކީ މިހާތަނަށް އެންމެ ބޮޑުވެފައިވާ މައްސަލަ އެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނަނީ މީގެ ކުރިން ރެއާލް މެޑްރިޑުގައި ތިއްބައި ޑިފެންޑަރު ރަފާލް ވަރާން އާއި ކަސެމީރޯ ގަތް ގޮތަށް ޔުނައިޓެޑުން ވަލްވާޑޭ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ސީޒަނުގެ މެދުތެރެއިން އޭނާ ދޫކޮށްލަން ރެއާލްއިން އެއްބަސްވާނެތޯ މިއީ މިހާރު އެންމެ ބޮޑަށް އުފެދިފައިވާ ސުވާލެވެ.