ޚަބަރު

ބްރިޖުގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް؛ އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ ވަޒީރުގެ ކާރުކޮޅުގައި


  • އަނިޔާވެފައިވަނީ 2 ފިރިހެނުންނަށް

  • ދެ މީހުންނަށްވެސް އެކި އަނިޔާތައް ވަނީ ލިބިފައި

ބްރިޖް މަތީގައި ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޑެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދުއްވާފާދިޔަ 2 ސައިކަލު ބްރިޖް މަތީގައި އެކްސިޑެންޓް ވެފައިވާ ކަމުގެ މަޢުލުމާތު މިރޭ އިރުއިއްސި 6:35 އެހާކައްކާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސއިކަލު ދުއްވަން ތިބި 2 ފިރިހެނުންނަށެވެ.

މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސްފައިވާކަމަށައި 2 މީހުންގެ ގައިގެ އެކި ތަންތަނުން މަޝައިގެން ގޮސް އެކި ވަރުގެ އަނިޔާލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ދެމީހުން ދުއްވި ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެމީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ކާރުކޮޅުގައެވެ.