ކުޅިވަރު

އަންހެން ނޭޝަންސް ލީގު ސްޕޭން ދިފާއު ކޮށްފި


އަންހެނުންގެ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޖަރުމަނު 3-0އިން ބަލިކޮށް ސްޕޭން ދިފާއުކޮށްފިއެވެ.

ކްލައުޑިއާ ޕިނާ ދެ ވަނަ ހާފުގައި ޖަހައިދިން ދެ ގޯލުގެ ލީޑުން މެޗު ނިމެން ދަނިކޮށް ސްޕޭނަށް ނަތީޖާ ފުޅާ ކޮށްދިނީ ޒުވާން ކުޅުންތެރިޔާ ވިކީ ލޮޕޭޒެވެ.

ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި 55000 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ވިދިވިދިން ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިޓާނާ ބޮންމާޓީ ނުކުޅެ އެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗަށް ފަހު ޕްރެކްޓިސް ކުރަނިކޮށް އޭނާގެ ފައިބިނދި އިއްޔެ ވަނީ އޮޕަރޭޝަންކޮށްފަ އެވެ.

މެޗަށް ފަހު ކްލައުޑިއާ ޕިނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އަޒުމަކަށް ހެދީ ތަށި ހޯދުން ކަމަށާއި އެކަން ހާސިލް ވެއްޖެ ކަމަށެވެ.

ކޯޗު މޮންސްޓޭ ޓޮމޭ ބުނީ މެޗުން މޮޅުވެ ތަށި ލިބުނީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

"އަހަރެންގެ މޫނު މަތިން ބުނެދެނީ އުފާވެރިކަން. އަހަރެންގެ ސިޓީ އަށް، އަހަރެންގެ ގައުމަށް އަނެއްކާ ވެސް ތަށި ހޯދައިމިދިނީ. އެންމެން މިތިބީ އުފާވެފައި،" ކޯޗު ބުންޏެވެ.

މި މެޗުގައި ފަހު 10 މިނިޓްގައި ސްޕޭނުގެ ކުރީގެ ކުޅުންތެރިޔާ ޖިނީ ހާމޯސޯ ކުޅެނެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކަޕް ފައިނަލަށް ފަހު އޭރުގެ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރުބިއަލެސް އޭނާ އަށް ބޮސްދިން މައްސަލައާ ހެދި ގައުމީ ޓީމުން އުނިކުރި ކުޅުންތެރިޔާ އަލުން އައިސް ކުޅުނު ފުރަތަމަ މެޗެވެ.