ޚަބަރު

ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީބު


  • ޝަކީބަކީ، ތަޢުލީމީ އަދި މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއް

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 6886 އަޙްމަދު ޝަކީބު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ޝަކީބު ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަނު ކުރައްވާފައިމިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަކީބަކީ، ތަޢުލީމީ ދާއިރާއާއި ޕްރެޒެންޓިންގެ ދާއިރާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްސަކޮށް ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝަކީބު ވަނީ، ހުށަހަޅައި ދެއްވާފައެވެ. ތަޢުލީމީ ދާއިރާއާއި މީޑިއާ ދާއިރާ ހިމެނޭ ގޮތުން ޝަކީބު ވަނީ، 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އެކި އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައެވެ.