ޚަބަރު

މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖުގެ އުތުރުލޭން މިރޭ ބަންދުކުރަނީ


  • ލޭނު ބަންދުކުރާނީ މިރޭ 23:45ގައި

  • ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެ

ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ ބްރިޖްގެ އުތުރު ލޭން ބަންދުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން ބްރިޖްގެ އެއް ލޭނު ބަންދުވާނެކަމަށެވެ. އެއީ ބްރިޖްގެ އުތުރު ފަރާތު ލޭނެވެ.

މަސައްކަތް ނިމެންދެއް ބްރިޖްގެ އުތުރުފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ބްރިޖަކީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ތަނެކެވެ. ބްރިޖުގެ ލޭނު ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކް ޕޮލިހުން ދޭ އިރުޝާދުތަަކަށް ވެހިކަލް ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.