ޚަބަރު

ދެބެންގެ މެދުގައި ހަމަނުޖެހުމެއް: އެކަކު ޒަޚަމް، އަނެކަކު ހައްޔަރު


  • މިކަމާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 18:42 އެހާކަންހާއިރު

މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތު ލިބިފައިވަނީ މިރޭ 18:42 އެހާކަންހާއިރުކަމަށެވެ. އަދި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، މި މައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށެވެ.