ޚަބަރު

ލިޓަންގެ މަރުގެ މައްސަލާގައި ނިޒާމް އުމުރަށް ޖަލަށް


  • މަސްތުވާތަކެތީގެ މައްސަލާގައި 15 އަހަރުގެ ޖަލު ޙުކުމެއް

  • ވައްކަމުގެ މައްސަލާގައި 1 އަހަރުގެ ޖަލު ޙުކުމެއް

ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ މަނާރު، މުޙައްމަދު ނިޒާމުގެ މައްޗަށް ގަސްދުގައި މީހަކު މާރާލި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ލިޓަންގެ މަރުގެ މައްސަލާގައި މުޙައްމަދު ނިޒާމުގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް ހުށަހެޅި ކަމަށެވެ. އެ 3 ދަޢުވާވެސް ސާބިތުވެ ކޯޓުން ވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ނިޒާމް 25 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ. އަދި އޭނާގެ މައްޗަށް ވަނީ، ޑައިމޮފިންގެ މުޢާމަލާތް ކުރިކަމުގެ ތުޙުމަތުގައި 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމާއިއެކު ވައްކަން ކުރި ކަމުގެ ތުޙުމަތުގައި 1 އަހަރު ދުވަހަށް ޖަލަށް ލުމަށްވެސް ޙުކުމްކޮށްފައެވެ. މިއާއެކު ކްރިމިނަލް ކޯޓުން އޭނާއަށް ވަނީ، 41 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑު މައްޗަށް ނިކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެމީހުން ހޯދަން ފެށީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމީހުން ހޯދަމުން ދަނިކޮށް އެމީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ، ކ.ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އަދި ގެއްލުނު ކަމަށް ބުނާ ނިޒާމް މާލެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރު ކުރީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.