ޚަބަރު

ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިޔަން ސިނގިރޭޓު އަތުލައިގެންފި


  • މި ތަކެތި އަތުލައިގަތީ މި މަހުގެ 14ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުން

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުންނެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި، އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.