ޚަބަރު

މާލެ ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް!


  • ލޯންޗުގައި 60 ވަރަކަށް އަންހެން ކުދިން ތިބިކަމަށް މަޢުލޫމާތު ލިބިފައިވޭ

މާފިލާފުށިން މާލެ އަށް މިއަދު ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ވިދާޅުވީ މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން، މެރިން ޕޮލިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންެޑީއެފުން ވިިދާޅުވީ އަޑިއަށް ގޮސްފައިވަނީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެ އަށް ދަތުރުކުރި ލޯންޗެއްކަމަށެވެ. އަދި ލޯންޗު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަދިސާ ދިމާވި އުޅަނދުގައި ގާތްގަނޑަކަށް 60 އަންހެން ކުދިން ތިއްބެވެ.